Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

ހައުސިންގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްއަކަށް ޙަމްދީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެ މަޤާމަށް މިއަދު އައްޔަންކުރައްވާފައި ވަނީ ހެންވޭރު ރަންގަލި، އަލްފާޟިލް ޙަމްދީ ޢަޤީލް އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެއްވި ޙަމްދީ ހައުސިން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް އައްޔަން ކުރެއްވި އިރު، އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ޙަމްދީ އަކީ މީގެ ކުރިން ފިނޭންސް މިނިސްޓްރީއާއި އެސްޓީއޯ ގޭހުގައި އިސް މަޤާމުތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޙަމްދީ އަކީ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލުގެ ކޮއްކޮ ވެސް މެއެވެ.