Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

މައުމޫންގެ އަޑުއެހުން މިއަދު ވެސް ކެންސަލްކޮށްފ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި އޮތީ މެންދުރުފަހު 15:00 އަށެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ސާފެއް ނުުވެ އެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނުގެ ހާޅުކޮޅު ބޮޑު ގޯސް ކަމަށް ބުނެ މިއަދުގެ އަޑުއެހުން ފަސްކޮށް ދިނުމަށް އެދިފައެވެ.

މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށާއި އެ މަނިކުފާނުގެ ބަންދަށް ލުޔެއް ދޭންޖެހޭ ކަމަށް އެ މަނިކުފާނުގެ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. މިދިޔަ ހުކުރު ދުވަހު ވެސް މައުމޫން އޭޑީކޭ އަށް ގެނެސް ވަނީ ޑޮކްޓަރަށް ދައްކައިފަ އެވެ.

ރައީސް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ އުފުލާފައެވެ.

މައުމޫންގެ މައްޗަށް ވަނީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާއެއް ވެސް އުފުލާފަ އެވެ.