ކުޅިވަރު

ލެވާންޓޭ އަތުން ބަލިވެ ބާސާގެ ރެކޯޑް ނިމުމަކަށް

ސްޕެނިޝް ލީގުގައި އެންމެ ފަހަކަށް ކުޅުނު 43 މެޗު ބަލިނުވެ ބާސެލޯނާއިން ހެދި ރެކޯޑު ރޭ، ލެވާންޓޭ އަތުން 4-5 އިން ބަލިވެ، ނިމުމަކަށް އައިސްފިއެވެ.

ސީޒަނުގައި ބާކީ ދެ މެޗަށް ވެފައިވަނިކޮށް ރޭ ލެވާންޓޭގެ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ބާސާއަށް ވަނީ ލަނޑު ލިބިފައެވެ. މެޗުގެ 9 ވަނަ މިނެޓުގައި ބޯޓެންގް ލެވާންޓޭއަށް ލީޑު ނަގާދިނުމަށް ފަހު 30 ވަނަ މިނެޓުގައި 0-2 އަށް ލީޑު ފުޅާކޮށްދިނެވެ.

ނަމަވެސް ކުޓީނިއޯ 38 ވަނަ މިނެޓުގައި ބާސާއަށް ލަނޑެއް ޖަހައި މެޗުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދިން ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ލެވާންޓޭއިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހާފައެވެ. ބާދީ އަދި ބޯޓެންގ ގޯލު ޖަހައި އޭނާގެ ހެޓްރިކް ހަމަކުރިއިރު 56 ވަނަ މިނެޓުގައި އަނެއްކާވެސް ލަނޑު ޖެހީ ބާދީ އެވެ.

ލެވާންޓޭއިން ފަސް ލަނޑު ޖަހާފައިވަނިކޮށް ކުޓީނިއޯ ވަނީ އިތުރު ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. އަދި ސުއަރޭޒް 71 ވަނަ މިނެޓުގައި ބާސާއަށް ޕެނަލްޓީއަކުން އިތުރު ލަނޑެއް ޖަހާދީފައިވާއިރު މެޗުން ޕޮއިންޓެއް ހޯދުމަށް ބާސާއިން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

ބާކީ އެއް މެޗު ލީގުގައި ބާސާއަށް އޮތް އިރު ތަށި ވަނީ މިހާރު ކަށަވަރު ކުރެވިފައެވެ. ނަމަވެސް ބާސާ ޓީމުން މިސީޒަނުގައި ހަގީގަތުގައި ހޯދަން ބޭނުންވި ކާމިޔާބީއަކީ އެއްވެސް މެޗަކުން ބަލިނުވެ ސީޒަން ނިންމާލުމެވެ. މިލަނޑުދަނޑިއަށް ވާސިލު ނުވެވުމުން ބައެއް ސަޕޯޓަރުން ވަނީ ކޯޗު ވަލްވާޑޭއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.