Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

"ދޮގު ހެކި ދިނުމަކީ ވަރަށް ބޮޑު ފާފައެއް"

ރާއްޖޭގައި މިހާރު ޝަރީއަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު ގިނަ ފަހަރު ސިއްރުން ހެކި ދެނީ ދޮގު ހެކި ދޭން ކަމަށާއި، އެއީ ވަރަށް ބޮޑު ފާފައެއްކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ދޮގު ހެކި ދިނުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ޑރ. އިޔާޒު ޓްވިޓާގައި ވިދާޅުވެފައިވާ އިރު ފެބްރުއަރީ 1 ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކޮށްފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އާއި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ އިތުރުން ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަރީފް އާއި ދެކޮޅަށް ދީފައިވާ ސިއްރު ހެކިތަކެއް ވަނީ ލީކްވެފައެވެ.

ސިއްރުން ދީފައިވާ ހެކި ބަހުގެ ބަޔާންތައް ލީކު ވުމާއި ގުޅިގެން އެ ބަޔާންތައް ދިން ބައެއް ފަރާތްތަކުން ވަނީ އެބަޔާންތައް އަނބުރާ ގެންގޮސްފައެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމް އައިސްފައިވަނީ ވެސް ސިއްރު ހެކިތަކުގެ މައްޗަށް ބިނާ ކޮށެވެ.