Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ޝިފާއު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް ގާނޫނީ ވަކީލު އަހުމަދު ޝިފާއު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި އެ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމަށް ގދ. ފަރެސް މާތޮޑާ ރޭއަލިވާގެ، އަހްމަދު ޝިފާއު އައްޔަން ކުރައްވާފައިވާ ކަަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝިފާޢު ވަނީ މަޤާމުގެ ހުވާކުރައްވާފައެވެ. އޭނާ އަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުޘްމާނެވެ.

ޝިފާޢު މީގެ ކުރިން ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ލީގަލް އޮފިސަރުގެ މަގާމުގައެވެ.