Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

މަހްލޫފްގެ ދެ ދައުވާއެއްގެ އަޑުއެހުން މާދަމާ

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް - ފޮޓޯ: ސަން

މިހާރު ގޭބަންދުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

އޭގެ ތެރެއިން ހިނގާފައި ނުވާކަމެއް ހިނގައިފިކަމުގެ މައުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާއާއި ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 13:00 އަށެވެ.

މީގެ އިތުރުން ހިނގާފައި ނުވާކަމެއް ހިނގައިފިކަމުގެ މައުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު 11:00 އަށްވެސް ވަނީ ތާވަލްކޮށްފަ އެވެ.

މަހުލޫފްގެ މައްޗަށް ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ ކުރަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހުލޫފު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓްވީޓުގައި މަހުލޫފުވަނީ މާފުށީ ޖަލުގައި ގަސްތުގައި އެކަށީގެންވާ ފަރުވާ ނުދީ މީހުން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް މަހުލޫފު ވެސް ވިދާޅުވި އެވެ.

މި ދައުވާއާއި ބެހޭގޮތުން މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުުގައި މީހުން މަރުވަމުންދަނީ ބޭސް ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށް މަރުވެފައިވާ ގިނަ ގައިދީންގެ އާއިލާތަކުންނާއި ބައެއް އޮފިސަރުން ވެސް ޤަބޫލުކުރާ ކަމަށެވެ.

މަހްލޫފްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ މާފުށި ޖަލު ކުރި މަތީގައި މުޒާހަރާ ކުރި މައްސަލާގަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކާ ދެކޮޅަށް މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައަކާއި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނާ މައްސަލަ މިހާރުވެސް ޕީޖީ އޮފީހުގައި އެބައޮތެވެ.

މީގެ ކުރިންވެސް މަހުލޫފްގެ މައްޗަށް ދެ ދައުވާއެެއް އުފުލާ އެ ދައުވާތައް ސާބިތުވާކަމަށް ނިންމުމުން މަހުލޫފް ވަނީ 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފަ އެވެ.