Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

"އެމްޑަބްލިޔުއެސްސީ ހިޔާ" އަށް ކުރިމަތިލާން ހުޅުވާލައިފި

"އެމްޑަބްލިޔުއެސްސީގެ ހިޔާ" ގެ އެޕާޓްމަންޓްތަކަށް ކުރިމަތިލާން ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ އެމްޑަބްލިޔުއެސްސީ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި އަޅާ "އެމްޑަބްލިޔުއެސްސީ ހިޔާ"ގެ 15 ބުރީގެ ދެ ޓަވަރުގެ އެޕާޓްމަންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.

ދިވެހި ސަރުކާރުން ހިންގާ "ހިޔާ މަޝްރޫޢު" ގެ ދަށުން އަޅާފައިވާ މި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު އެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ވިދާޅުވި ކަމަށް "ވީއެފްޕީ" އިން ރިޕޯޓްކުރާ ގޮތުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާ ފްލެޓްތައް ދޫކުރާނީ ހެޔޮ އަގެއްގައެވެ. އަދި ފްލެޓްތަކަށް އެޑްވާންސް ފައިސާ ދައްކާއިރު، ހަތަރު މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އުސޫލެއް ހަމަޖެހިފައިވާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ.

"އެމްޑަބްލިޔުއެސްސީ ހިޔާ" ގެ ދަށުން ޖުމްލަ 384 އެޕާޓްމެންޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ތަފާތު ކެޓަގަރީތަކުގެ އެޕާޓްމަންޓް ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.