ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ބަދަލުތަކެއް ގެނެސް، ބޯޑުގެ މެމްބަރުން ބަދަލުކޮށްފިއެވެ.
ޑިސިޕްލިނަރީ ބޯޑު ބަދަލުކުރުމަށް ފަހު ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާގެ މަގާމުގައި ހުންނެވި އަބްދުލް މަންނާން ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. މަންނާނަކީ ކުރީގެ ސީޕީ އަރީފްގެ ކޮމިޝަނަރު ކަމުގައި ސަސްޕެންޑުވެސް ކޮށްފައި ހުރި ފުލުހެކެވެ.
ބޯޑަށް އަލަށް ގެނައި މެމްބަރުންނަކީ ޗީފް ސުޕްރިޑެންޓަންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ޗީފް ސުޕްރިޑެންޓަންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދެވެ. އަދި ސުޕްރިޑެންޓަންޓް އޮފް ޕޮލިސް ޝަތީހު އާއި ސުޕްރިޑެންޓަންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވަނީ ބޯޑުން ވަކިކޮށްފައެވެ.
އޭސީޕީ މަންނާނު ވަކިކޮށްފައިވަނީ ޝަތީހުއާއި މުހައްމަދު ރަޝީދު ބޯޑުން ވަކިކުރުމަށް ފަހު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.