Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

"ވައްކަންކޮށްގެން" ކައުންސިލް މުވައްޒަފަކު ހައްޔަރުކޮށްފި

ގއ. ކޮލަމާފުށީ ކައުންސިލުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ރޭ، އެ ކައުންސިލް އިދާރާގެ މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކޮލަމާފުށި ކައުންސިލް އިދާރާއިން ވައްކަން ކޮށްފައިވާއިރު ވަގަށް ގެންގޮސްފައިވަނީ އެ އިދާރާގެ ތިޖޫރީ އިން 144،000ރ. އާއި މިސްކިތް ފަންޑުން 8،000ރ. އެވެ. އަދި ރޯދަ އިނާޔަތްވެސް ވަގަށް ނަގާފައިވާ ކަމަށް ކޮލަމާފުށި ކައުންސިލުން ހާމަކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައި ވެއެވެ. ނަމަވެސް އޭނާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ކައުންސިލްގެ ނައިބު ރައީސް އަދުނާން ވަނީ ހައްޔަރުކޮށްފައިވަނީ އެ އިދާރާގެ އެކައުންޓްސް ސެކްޝަނުގެ މުވައްޒަފެއް ކަން ކަށަވަރުކޮށްދީފައެވެ.