Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެމެރިކާއާ ދެކޮޅަށް އަލްގައިދާއިން ހަނގުރާމަ އިއުލާންކޮށްފި

އިޒުރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަލާގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން ހަނގުރާމަވެރި ޖަމާއަތް، އަލްޤައިދާ އިން އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ހުރިހާ މުސްލިމުން ހަތިޔާރު ނެގުމަށް ގޮވާލައިފިއެވެ.

އަލްގައިދާގެ ލީޑަރު އައިމަން އަލް ޒަވްހިރީ ފޮނުވި ވީޑިއޯ މެސެޖެއްގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަކީ މުސްލިމުންގެ ބިންތަކަށް އަރައިގަތުމުގެ ނަމޫނާއެއް ކަމަށެވެ.

އަދި އދ. ގައި ވެސް މުސްލިމުންގެ ހައްގު ނިކަމެތި ވެފައިވާ ކަމަށާއި ހައްލަކީ ހަނގުރާމަކަމަށް އޭނާގެ މެސެޖުގައި ބުނެފައިވެއެވެ.

އިޒުރޭލުގެ ވެރިރަށް ކަމުގައި ޤުދުސް ހެދުމަށް އެމެރިކާއިން ނިމްމުމުން ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަ މުޒާހަރާތަކުގައި އިޒުރޭލު ސިފައިން އަންނަނީ މުޒާހަރާތައް ފެށުނީއްސުރެ ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދެމުންނެވެ.

ނަމަވެސް އިއްޔެގެ ހަމަލާގައި ފަލަސްތީނުގެ އާންމު 60 އަށް ވުރެ ގިނަ ރައްޔިތުން މަރާލުމާ ގުޅިގެން އަލް ގައިދާ އިން ވަނީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ.