މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަކީ އަރަތެއްކަމުގައި ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ.
Feb 1 ge amuru nerumuga 3 fandiyaarunge nubai niyatheh neiykamamuga dhaulathun sareeha bahun bune ebbasvaairu, e fandiyaarunge aghlabiyyathun saafukoh ninmavaafa oiy amureh thanfeezunukoh @PoliceMv othee keevve? @MNDF_Official ?
Mee bodu aratheh! pic.twitter.com/P0JzxD0Swz
— Dhiyana 🎈?🌹 (@dhiyanasaid) May 14, 2018
އެ ޓްވީޓްގައި ދިޔާނާ ވަނީ ފެބްރުއަރީ އެކެއްގެ އަމުރު ނެރުމުގަ 3 ފަނޑިޔާރުންގެ ނުބައި ނިޔަތެއް ނެތްކަމަށް ދައުލަތުން ޞަރީހަ ބަހުން އެއްބަސްވާއިރު، އެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ސާފުކޮށް ނިންމަވާފައި އޮތް އަމުރެއް ތަންފީޒް ނުކޮށް ފުލުހުންނާއި ސިފައިން ތިބީ ކީއްވެތޯ ސުވާލު ކުރައްވައި އެއީ އަރަތެއް ކަމުގައި ވިދާޅުވެފައެވެ.
އަމުރު ނެރުމުގައި ދެފަނޑިޔާރުންގެ ނުބައި ނިޔަތެއް އޮތްކަމާއި ރިޝްވަތު ނެންގެވި ކަމަށް، ދައުލަތުގެ ވަކީލާ ވިދާޅުވެފައި އަނެއް 3 ފަނޑިޔާރުންގެ ނުބައި ނިޔަތެއް ނެތްކަން އެއްވެސް ސުވާލެއް ކުރުމެއް ނެތި އަދި ތަޙުޤީޤެއް ކުރުމެއް ނެތި ނިންމެވީ ކޮންގޮތަކުންތޯ އާއްމުންވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.
ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުންނަށް ކުރެވޭ މިދައުވާ އާއި އެކު އަދި 1 ފެބުރުއަރީ ފަހުން ސުޕްރީމްކޯޓުގައި މިހާރު ތިއްބެވި 3 ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި މެދު ސިޔާސީ ބޭބޭފުޅުން ގެންދަނީ ސުވާލުކުރަމުންނެވެ.
ދިޔާނާ ވަނީ މީގެ ކުރިންވެސް ސިޔާސީ ލީޑަރުންނާއި ފަނޑިޔާރުންގެ މައްޗަށް ހިންގަމުންގެންދާ ޝަރީއަތްތަކަކީ އިޖުރާއަތްތަކާއި ޤާނޫނާއި ޚިލާފު ޝަރީއަތްތަކެއް ކަން ފާހަގަކުރައްވައި އެކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެގޮތުން މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ދިޔާނާ ވިދާޅުވީ ޤާނޫނުގައި ބުނާ ސާފު އިޖުރާއަތާ ޚިލާފަށް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރަކު ސަރުކާރުން ހައްޔަރުކޮށް ރަހީނުކޮށްފައިވާއިރު، ސުޕްރީމް ކޯޓް މަންމަނުވެފައި އޮތުމަކީ ލަދުވެތިކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއައި ރިޝްވަތުގައި ހިފުމުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރަމުންދާ އިރު، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކުރަމުންނެވެ.
އުއްތަމަ ފަނޑިޔާރުގެ ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ޤާނޫނާ ހިލާފަށް ކަމަސް ބުނެ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފައެވެ.
މީގެ އިތުރުން މިދިޔަ ހަފްތާގައި ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލާގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އުއްތަމަ އެމަނިކުފާނަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.