Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސްގެ ތަހުނިޔާ

މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިޙާނުން މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ތިން ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެ ދަރިވަރުންނަކީ، މެތަމެޓިކްސް އިން 1 ވަނަ ހާސިލުކުރި އިސްކަންދަރު ސްކޫލްގެ ދަރިވަރު ހެންވޭރު ހުބަ މަރްޔަމް ހައިބާ ޢަބްދުﷲ އާއި، މެރިން ސައިންސް އިން 1 ވަނަ ހާސިލުކުރި ތ. ކަނޑޫދޫ ސްކޫލްގެ ދަރިވަރު ކަނޑޫދޫ މިދިލިމާގޭ އަޙްމަދު މިޞްބާޙް ޢަލީ އާއި، ޓްރެވަލް އެންޑް ޓޫރިޒަމުން 1 ވަނަ ހާސިލުކުރި ޖަމާލުއްދީން ސްކޫލްގެ ދަރިވަރު ލ. ފޮނަދޫ ރަތްވިލާގޭ ނަސަމް ނަސީމެވެ.

މި ތިން ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދަރިވަރުން ހޯދި ކާމިޔާބީއަކީ ދުނިޔޭގެ ނިސްބަތުން، ރާއްޖެއަށްވެސް ލިބުނު ފަޚުރުވެރި ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ތާނގައިވެސް މި ދަރިވަރުން ތަޢުލީމީ ދާއިރާއިން އިތުރު ކާމިޔާބީއާއި ކުރިއެރުން ހާސިލުކުރައްވައި ރާއްޖެއަށް ރީތިނަން ހޯއްދަވައިދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ވެސް ރައީސްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.