Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ

ދިވެހިރާއްޖެއަށް މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހަކީ މެއި 16 ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ބައްދަލުވުމުގައި އިއްވި، ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މެއި މަހުގެ 16 އަކީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިއަދުގެ އިރު އޮއްސުމަށްފަހު ގައި ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ އާއި، އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ރަމަޟާން މަހުގެގެ ހަނދު ސާބިތުވެފައިވާތީ އެވެ.