ރިޕޯޓް

ރޯދަ ރަހަ: ޗީޒް ކަޓްލަޓްްސް

* ބޭނުންވާ ތަކެތި:

6 އަލުވި (ފެނު ކައްކާފައި)
1 ޖޯޑު ކެބެޖް (ކުދިކޮށް ކޮށާފައި)
300 ގްރާމް ޗީޒް (ގާނާފައި)
3 ފޮތި ޕާން
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
3 ސައިސަމުސާ ފުށް
1 ލޮނު މެދު (ކޮށާފައި)
1 ފިޔާ (ކުދިކޮށް ކޮށާފައި)
ރަހަލާ ވަރަށް ލޮނުކޮޅަކާއި އަސޭމިރުސް
2 ކޯޅި ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
1/2 ޖޯޑު ފެން
ތެޔޮ (ތެލުލަން)
1 އެއް ދަޅު މަސް
1 ޖޯޑު ފާރޮށި ކުނޑި

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާންފޮތިތަކުގެ މައްޗަށް ފެންފޮދެއް އަޅާލާފައި ފޯކޮށްލާށެވެ. ދެން ތަވާ އުނދުން މައްޗަށް އުދާލުމަށް ފަހު، ތެޔޮ އަޅާފައި ހޫނުވީމާ ފިޔާކޮޅާއި ހިކަނދިފަތާއި ލޮނުމެދާއި އަދި މިރުސް އެއްކޮށްލާފައި މޯޅިވީމާ ނަގާފައި ހިހޫވަންދެން ބަހައްޓާށެވެ.

އެއަށް ފަހު ދެން އަލުވި އާއި ކެބެޖާއި ޕާންފޮތި މަސް، ޗީޒް އަދި ލޮނާއި އަސޭމިރުސް އަޅައިގެން ރަނގަޅަށް މޮޑެލާފައި ގުޅަ ހަދާށެވެ. ދެން ފުށްކޮޅު ބައިޖޯޑު ފެނުގައި ގިރައިލުމަށް ފަހު ގުޅަތައް ފުށުގެ ތެރެއަށް ލުމަށް ފަހު ފާރޮށި ކުނޑި ހާކާފައި ތެލުލާށެވެ.