Last Updated: April 25, 10:47
Thursday, April 25, 2024
މުނިފޫހިފިލުވުން

"ރޭސް 3" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމް "ރޭސް 3" ގެ ޓްރެެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ކުރިން އައްބާސް-މަސްތާން ގެނެސް ދިން ކާމިޔާބު ފްރެންޗައިޒް "ރޭސް" ގެ ތިން ވަނަ ބައެވެ. އެކަމަކު މި ފަހަރު ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ރެމޯ ޑި ސޫޒާ އެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ސަލްމާން ހާން، ޖެކްލިން ފެނަންޑޭޒް، އަނިލް ކަޕޫރް، ބޮބީ ޑިއޯލް، ޑެއިޒީ ޝާހް އަދި ސާގިބް ސަލީމެވެ.

"ރޭސް 3" ޕްރޮޑިއުސްކޮށްފައި ވަނީ ކުރީގެ ދެ ފިލްމް ވެސް ގެނެސް ދިން ޓިޕްސްގެ ރަމޭޝް ތައުރާނީ އާއި ސަލްމާންގެ ކުންފުނި އެސްކޭއެފުންނެވެ.

"ރޭސް" ރިލީޒް ކުރީ 2008 ގަ އެވެ. އަދި "ރޭސް 2" ސިނަމާތަކަށް އައީ 2013 ގަ އެވެ.