މޯލްޑިވްސް ޕޮލިސް ސަވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފްރާންސްގެ ރައްޔިތަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ހޯދަމުންދާ މީހަކީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ގޮޑާޒިން ސަގަސްޔާން (ޕާސްޕޯޓް ނަންބަރު: 10CZ05238) އެވެ.
އެނގިފައިވާ ގޮތުގައި ގޮޑާޒިންއަކީ އަރުތޫރު ބްރަދާސް އިން ރާއްޖޭގައި އިންވެސްޓްކުރި އިރު ހަދާފައިވާ ކުންފުންޏެއްގައި ހިއްސާވާ މީހެކެވެ.
އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަ މަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.
އަދި އޭނާ އާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތްތަކަށް ލިބި ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށް ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.