ޚަބަރު

އީކްއޭޓަ ވިލެޖްގައި ތިން މެނޫއެއް، އިނާމުތަކާ އެކު

މި ރޯދަ މަހަށް ހާއްސަކޮށްގެން ވެސް ތަފާތު އިނާމު ލިބޭ ގޮތަށް ރޯދަ ވީއްލުމުގެ ޕެކޭޖްތަކެއް ގަމުގެ އީކްއޭޓަ ވިލެޖުން ތައާރަފުކޮށްފި އެވެ.

ތަފާތު 3 މެނޫއެއް ހިމެނޭ މި ޕެކެޖްތަކުގައި 11 މީހުން ހިމެނޭ ގުރޫޕަކުން ބުކްކޮށްފި ނަމަ އެކަކަށް ހިލޭ ރޯދަ ވީއްލުން ލިބޭނެ އެވެ. މީގެ އިތުރުން އުމުރުން 5 އަހަރުން ދަށުގެ 2 ކުއްޖަކަށް ހިލޭ ރޯދަ ވީއްލުން ދޭ އިރު ޢުމުރުން 5-12 އަހަރާ ދެމެދުގެ ކުދިންނަށް ކަނޑައެޅިފައިވާ އަގުގެ ދެބައިކުޅަ އެއްބައި ދައްކައިގެން ރޯދަވީއްލުމުގައި ބައިވެރިވެވެ އެވެ.

ކޮންމެ ހަފުތާއެއްގެ އެކި ދުވަސްތަކަށް ބަހާލައިގެން ހަދާފައިވާ ފިކްސްޑް މެނޫ ގެ އަގުތަކުގެ ތެރޭގައި 225ރ. 200ރ. އަދި 183ރ. ގެ ޕެކެ ޖް ހިމެނެ އެވެ.

އީކުއޭޓަ ވިލެޖްގެ ރޯދަ ވީއްލުން ޕެކެޖްތައް ނަގާ މީހުންގެ ތެރޭގައި ކޮންމެ ހަފުތާއަކު އެއް ފަހަރު ގުރުއަތު ވެސް ލާނެ އެވެ، އަދި ނަސީބުވެރިއަކަށް ހޮވޭ މީހަކަށް ހިލޭ ރޯދަ ވީއްލުމެއް ލިބޭނެ އެވެ.

އަދި ކޮންމެ ހަފްތާއަކު އެއް ވަނަ ހޯދާ ފަރާތްތަކުގެ މެދުގައި އިތުރު ގުރުއަތެއް ނެގުމަށް ފަހު ހޮވޭ މީހަކަށް އާއިލާއާ އެކު އީދު ދުވަސް އީކުއޭޓާގައި ހޭދަކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

އީކއޭޓާ ވިލެޖާ ގުޅޭނެ ނަމްބަރަކީ 6899000 އެވެ.