Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މިއޮތީ "އެލީ ބިސްޓްރޯ" ގެ ރޯދަ މެނޫ

ރޯދަ ވީއްލަން ދާނެ ތަނެއް ނިންމަން މިހާރު ފަަސޭހަ ކަމަކަށް ނުވާނެ އެވެ. އައްޑޫގެ ކޮންމެ ރެސްޓޯރަންޓެއްގައި ވެސް ހަމަ ތަފާތު ރޯދަ މެނޫއެއް އޮންނާނެ އެވެ.

މި ފަހަރު މިއޮތީ ދާދި ފަހުން ފޭދޫގައި ހުޅުވި "އެލީ ބިސްޓްރޯ" ގެ ރޯދަ މެނޫ އެވެ. ރޯދަ ވީއްލަން ހާއްސަކޮށްގެން އެ ރެސްޓޯރަންޓުން ވަނީ ހަފުތާގެ އެކި ދުވަސްތަކަށް ބަހާލައިފައިވާ މެނޫއެއް ތައާރަފުކޮށްފަ އެވެ. އަގު އުޅެނީ 99ރ. އާއި 199ރ. ގަ އެވެ.

މެނޫ އޮތް ގޮތަށް ބަލާ އިރު، އާދީއްތަ، ބުދަ ދުވަހު އަދި ހޮނިހިރު ދުވަހު އޮންނާނީ އެއް މެނޫއެކެވެ. ހޯމަ ދުވަހާއި ބުރާސްފަތީގައި ވަކި މެނޫއެކެވެ. އަދި އަންގާރަ އާއި ހުކުރު ދުވަހަށް ތަފާތު މެނޫއެކެވެ.

ތަޖުރިބާކޮށްލަން ބޭނުންވާ ނަމަ ގުޅާލައިގެން އޯޑަރު ދޭށެވެ. ނަމްބަރަކީ 7780123 އެވެ.