Last Updated: June 24, 03:22
Tuesday, June 23, 2026
ކުޅިވަރު

އައްޑޫ މެރެތަންގެ ޗެރިޓީ ޕާޓްނަރަކަށް ޓައިނީ ހާޓްސް

އައިރަނާސްގެ ފަރާތުން ބާއްވާ އައްޑޫ މެރެތަންގެ ޗެރިޓީ ޕާޓްނާއަކަށް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް ހަމަޖައްސައި، އައްޑޫ މެރެތަންގެ ރަޖިސްްޓްރޭޝަން ފީގެ 10ޕަސެންޓް ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއަށް ހަދިޔާ ކުރާގޮތަށް ނިންމައިފިއެވެ.

މިގޮތުން ހަދިޔާ ކުރެވޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ 2 ޕްރޮގްރާމަކަށް ފަންޑު ކުރުމުގެ ގޮތުންނެވެ. އެއީ ހިތުގެ ސާޖަރީއަށް ބޭނުންވެފައިވާ ކުދިންނަށް އެހީވުމަށް ކުރިއަށްގެންދާ "ސޭވް އަ ޓައިނީ ހާރޓް" ޕްރޮގްރާމާއި، ހިތުގެ ބަލިތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އުފެއްުމަށް ކުރިއަށްގެންދާ "ހެލްތީ ހާރޓް ޕްރޮގްރާމް" އަށެވެ.

ޖޫންމަހުގެ 29 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ މެރެތަންއަށް ރެޖިސްޓަރ ވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ.