އިސްލާމީ އުއްމަތުގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް އިބްނު މޫސާ މެންކު (މުފްތީ މެންކް)ގެ ހާއްސަ ތަގްރީރު މިރޭ ހިތަދޫގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވެއްޖެ އެވެ.
ދަރުސް ކުރިއަށް ދާނީ ހިތަދޫ ނޫރާނީ ސްކޫލްގަ އެވެ. ފަށަން ހަމަޖެހިފައި ވަނީ 9:15 ގަ އެވެ.
"މުސްލިމް ޒުވާނުންނަށް މެސެޖެއް" ނަމުގައި މެންކު ތަޤްރީރް ކުރެއްވުމަށް މިއަދު މެންދުރު 12:30 ގައި އައްޑު އަށް ވަނީ ވަޑައިގެންފަ އެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ ރަމަޟާން މަހު ބާއްވަމުން އަންނަ "ރަމަޟާން މަސް އިހްޔާ" ކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވުމަށް ވަޑައިގެން މުފްތީ އައްޑު އަށް ވަޑައިގެން މިފަދަ ތަގްރީރެއް ދެއްވާ އިރު މިއީ އައްޑޫގެ ރައްޔިތުންނަށް ލިބިގެން ދާނެ އަގުހުރި ފުރުސަތެކެވެ.
މެންކުގެ ތަގްރީރުތަކަކީ މިއަދު ޔޫޓިއުބް އަދި ސޯޝަލް މީޑިއާގައި ވަރަށް ބޮޑު ތަރްހީބެއް ލިބެމުންދާ ތަގްރީރުތަކަށް ވެފައި، މެންކުގެ ދަތުރުތަކަށް ދުނިޔޭގެ އެކި ގައުމުތަކުން ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މުފްތީގެ ތަގްރީރު އައްޑޫގައި ކުރިއަށް ގެންދަނީ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ރަބީޢުލްޣުލޫބް ފައުންޑޭޝަން އަދި ޖަމިއްޔަތުލް ޢުލޫމުންނެވެ.