Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

"ސުވާދިވް" ގައި މި ފަހަރު 4 މެނޫއެއް، ޖައްސާލަމާ

ރޯދަ ވީއްލަން ހާއްސަ ހަތަރު މެނޫއެއް ހިތަދޫ ސްވާދިވް ކެފޭ އިން ތައާރަފުކޮށްފި އެވެ.

އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސްވާދިވްއަކީ ކޮންމެ އަހަރަކު ވެސް ތަފާތު މެނޫތައް ކަސްޓަމަރުންނަށް ގެނެސްދޭ ތަނެކެވެ. މި ފަހަރު އެތަނުން ގެނެސްދޭ މެނޫތަކުގެ އަގުތަކަށް ބަލާ އިރު، ހަފުތާގެ އެކި ދުވަސްތަކަށް ހުރި މެނޫތައް ތަފާތެވެ.

އެގޮތުން އާދީއްތާ އަންގާރަ ދުވަހަށް ހާއްސަ މެނޫގައި ބޮލަކަށް ޗާޖް ކުރާނީ 200ރ. އެވެ. ހޯމަ އާއި ބުދަ ދުވަހުގެ މެނޫގެ އަގަކީ ބޮލަކަށް 220ރ. އެވެ. ބުރާސްފައްޗާއި ހޮނިހިރު ދުވަހު ސްވާދިވުން ރޯދަ ވީއްލާ ނަމަ ބޮލަކަށް އެ ދުވަހު ޗާޖް ކުރާނީ 230ރ. އެވެ.

މީގެ އިތުރުން ހުކުރު ދުވަހަށް ހާއްސަ މެދުއިރުމަތީގެ ބްރޭކްފާސްޓަށް ބޮލަކަށް ނަގާނީ 250ރ. އެވެ.

އަދި ސްވާދިވްގެ އެންމެ ހާއްސަ އެއް ކަމަކީ 6-12 އިން މަތީގެ ކުދިން ރޯދަ ވީއްލުންތަކުގައި ބައިވެރިވާ ނަމަ، ބޮލަކަށް ނަގާނީ ކޮންމެ މެނޫއެއްގެ އަގުގެ ދެ ބައިކުޅަ އެެއް ބައެވެ. ހަ އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

ސްވާދިވުން ބުނި ގޮތުގައި އެތަނުގެ ރޯދަ ވީއްލުމަކަށް އޯޑަރު ދޭ ނަމަ، އެއް ދުވަސް ކުރިން އަންގާލަން ވާނެ އެވެ. ގުޅޭނެ ނަމްބަރަކީ 7930092 އެވެ.