Last Updated: April 25, 17:12
Thursday, April 25, 2024
މުނިފޫހިފިލުވުން

"ބަވޭޝް ޖޯޝީ" އަންނަ މަހު 1 އަށް ފަސްކޮށްފި

މި މަހުގެ 25 ގައި ރިލީޒް ކުރަން ނިންމާފައި އޮތް ހާޝްވަރްދަން ކަޕޫރްގެ ފިލްމް "ބަވޭޝް ޖޯޝީ" އަންނަ މަހުގެ 1 ގައި ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

އެކަން ހާޝް ވަނީ ޓްވިޓާގައި ވެސް އިއުލާންކޮށްފަ އެވެ. އެކަމަކު މި މަހުގެ 25 ގައި ސިނަމާތަކަށް އަންނަން އޮތް ފިލްމް ލަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ބަދަލާ އެކު މިހާރު ވެގެން ދާނީ އަނިލް ކަޕޫރްގެ ދެ ދަރިން ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ޖެހުމެވެ. ހާޝްގެ ދައްތަ ސޯނަމް ކަޕޫރްގެ ފިލްމް "ވީރޭ ދީ ވެޑިން" ވެސް ސިނަމާތަކަށް އަންނަ މަހުގެ 1 ގަ އެވެ.

މި ފިލްމަކީ އެންމެ ފުރަތަމަ މި މަހުގެ 28 އަށް ތާވަލު ކުރި ފިލްމެކެވެ. އެކަމަކު ފަހުން އަންނަ މަހުގެ 1 އަށް ބަދަލު ކުރީ އެވެ.

ވިކަރްމަދިތަޔާ މޮޓްވާނޭ ޑައިރެކްޓްކޮށްފައިވާ "ބަވޭޝް ޖޯޝީ" އަކީ 2016 ގައި ނުކުތް "މިރްޒިޔާ" އިން ބޮލީވުޑަށް ނުކުތް ހާޝްގެ ދެވަނަ ފިލްމެވެ. މިއީ ސުޕަ ހީރޯ ފިލްމެކެވެ.