މިއީ ރޭ ހިތަދޫ ނޫރާނީ ސްކޫލްގައި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް އިބްނު މޫސާ މެންކު (މުފްތީ މެންކް) ދެއްވި ދަރުގެ ރިކޯޑިން އެވެ.
"މުސްލިމް ޒުވާނުންނަށް މެސެޖެއް" ގެ ނަމުގައި ދެއްވި ދަރުސް އަޑު އަހާލަން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި އެވެ.
އެ ދަރުސް އަލުން އަަޑު އަހާލަން ބޭނުންވާ މީހުންނަށާއި ރޭ ދަރުސް އަށް ނުދެވުނު މީހުންނަށް މި ވީޑިއޯ އިން ދަރުސް އަޑު އަހައިލެވޭނެ އެވެ.
މުފްތީގެގެ ދަރުސް އައްޑޫގައި އިންތިޒާމް ކުރީ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ރަބީޢުލްޣުލޫބް ފައުންޑޭޝަން އަދި ޖަމިއްޔަތުލް ޢުލޫމުންނެވެ.