Last Updated: June 11, 22:21
Thursday, June 11, 2026
ކުޅިވަރު

އެތުލެޓިކޯ ޔޫރޮޕާ ކާމިޔާބުކޮށްފި

އެތްލެޓިކޯ މެޑްރިޑް ޔޫރޮޕާ ލީގު އުފުލާލަނީ: ފޮޓޯ - ގެޓީ

ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން މިސީޒަނުގައި ކަޓައި، ޔޫރޮޕާ ލީގަށް ދަތުރުކުރި އެތްލެޓިކޯ މެޑްރިޑް މުބާރާތް ކާމިޔާބުކޮށްފިއެވެ.

ފައިނަލުގައި މާސޭއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 0-3 އިން އެތްލެޓިކޯ ކާމިޔާބުކޮށް ތަށި އުފުލާފައިވާއިރު ރޭގެ މެޗުގައި ގްރީޒްމަން ވަނީ އެތްލެޓިކޯގެ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި އޭނާ ޖަހާފައިވާއިރު ފުރަތަމަ ހާފު ނިމިގެން ދިޔައީ ގްރީޒްމަންގެ ލަނޑުން އެތްލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ލަނޑު ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ އަނެއްކާވެސް ގްރީޒްމަން ޖަހާފައިވާއިރު ފަހު ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ޖެހީ ފަނާންޑޭޒްއެވެ.