ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގެން އެ މަނިކުފާނުގެ "ޖަޒީރާ ރައީސް" ކެމްޕެއިންގެ ދަށުން ޓީމެއް ބ. އަތޮޅަށް މިއަދު ފުރައިފި އެވެ.
ބައެއް މަޖިލިސް މެމްބަރުންނާއި އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރުން ހިމެނޭ މިޓީމުގައި އިސްކޮށް ހަރަކާތްތެރިވާނީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.
މި ޓީމް ބ. އަތޮޅުގެ 14 ރަށަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު ނަޝީދު ކެމްޕޭނު ކުރައްވައި ޑޯ-ޓު-ޑޯ ޖައްސަވަނީ މިފަހަރު ސްކައިޕް މެދުވެރިކޮށެވެ.
ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވި ނަޝީދު ވަނީ ދެފަހަރު މަތިން ސްކައިޕް ކޯލް މެދުވެރިކުރައްވައި ރަށްތަކުގެ ރައްޔތިުންނާއި ބައްދަލުކުރައްވާފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ދިނުމަށް އދ. އިން ނިންމި ނަމަވެސް ސަރުކާރުން އަދިވެސް އެފަދަ ނިންމުމެއް ކަށަވަރުކޮށްފައެއް ނުވެއެވެ.