ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އާއި އެކު ދެ ދިވެހިން ލަންކާއިން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެސްޓެސީ ޕިލްސް އާއި އެކު ދެ ދިވެހިން ހައްޔަރުކޮށްފައިވަނީ ރޭ ލަންކާ ފުލުހުން ހިންގި ހާއްސަ އޮޕަރެޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި އަތުލައިގަތް ދެ ދިވެހިން އަތުން ފެނުނު ޕާޓީ ޑްރަގްސްގެ އަގު ލަންކާގެ 10 މިލިއަން ރުޕީސްއަށް އަރާކަމަށް މައުލޫމާތު ލިބިއެވެ. ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 25 އަހަރުގެ ދެ ދިވެހިންނެވެ. އެމީހުން މިވަގުތު ތިބީ ލަންކާގެ ނާކޮޓިކް ބިއުރޯގެ ބެލުމުގެ ދަށުގައެވެ.