Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

"ބާރަތު" ގެ ރޯލަކަށް ޑިޝާ ސޮއިކޮށްފި

ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާ ލީޑް ރޯލް ކުޅޭ ފިލްމް "ބާރަތު" ގެ ރޯލަކަށް ޒުވާން ބަތަލާ ޑިޝާ ޕަޓްނީ ވެސް ސޮއިކޮށްފި އެވެ.

ފިލްމްގެ ޑައިރެކްޓަރު އަލީ އައްބާސް ކުރި ޓްވީޓަކުންނާއި ޑިޝާގެ ޓްވީޓަކުން ވަނީ އެކަން ޔަގީންކޮށް ދީފަ އެވެ. ޑިޝާ ފިލްމްގައި ފެނިގެން ދާނީ ޗަރުކޭސް އާޓިސްޓެއްގެ ރޯލުންނެވެ.

ޒުވާން ބަތަލާ އެންމެ ފަހުން ފެނިފައި ވަނީ ދާދި ފަހުން ރިލީޒް ކުރި "ބާގީ 2" އިންނެވެ.

އަލީ ބުނި ގޮތުގައި "ބާރަތު" ގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ. މި ފިލްމް ރިލީޒް ކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ "ރޭސް 3" އިންނެވެ. ޕްރިޔަންކާގެ ދެވަނަ ހޮލީވުޑްގެ ފިލްމް "އަ ކިޑް ލައިކް ޖޭކް" އަންނަ މަހުގެ 8 ގައި ރިލީޒް ކުރާނެ އެވެ.

އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގެ "ޖެއި ގަންގާޖަލް" އެވެ.