Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

ގާޑިއޯލާ ސިޓީގެ ކޮންޓްރެކްޓް އާކޮށްފި

އިނގިރޭސި ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގުއާޑިއޯލާ 2021 ވަނަ އަހަރާއި ހަމައަށް ކުލަބުގައި މަޑުކުރުމަށް އާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ލީގުގައި ސިޓީއަށް ރެކޯޑު ޕޮއިންޓާއެކު ޗެމްޕިއަންކަން ހޯދައި ގުއާޑިއޯލާ ލީގުގައި ސީޒަނުގެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ސިޓީއިން ވަނީ މިސީޒަނުގައި އިތުރު ރެކޯޑުތަކެއް ވެސް ހޯދާފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ ގޯލު އެއް ސީޒަނެއްގައި ކާމިޔާބު ކުރި ޓީމާއި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމު އަދި ސީޒަނެއްގައި 100 ޕޮއިންޓު ހަމަކުރި ފުރަތަމަ ޓީމަށް ވެސް ސިޓީ ވަނީ ވެފައެވެ.

ގުއާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ސިޓީއަށް އެއްވެސް ކާމިޔާބީއެއް ނުލިބުނު ނަމަވެސް އޭނާގެ ދެވަނަ ސީޒަނުގައި ސީޓީ ވަނީ ލީގުގެ އިތުރުން ކަރަބައޮ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

މިސީޒަނުގައި ސިޓީ ކުޅުނު 38 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ 2 މެޗުންނެވެ. އަދި ހަތަރު މެޗުން އެއްވަރުވެ 32 މެޗުން އެޓީމު ވަނީ މޮޅުވެފައިވެއެވެ.