Last Updated: June 13, 18:07
Saturday, June 13, 2026
ދީން

ސަމީރުގެ "ހަޔާތުގެ މަގްސަދު" މިރޭ ހުޅުމީދޫގައި

އައްޝައިހް އަހުމަދު ސަމީރު، ފޮޓޯ: ސަން

ހުޅުމީދޫ ޖަމިއްޔާއެއްކަމަށްވާ ހިލާލު ޖަމިއްޔާއާއި ސަލަފު ގުޅިގެން ބާއްވާ ހާއްސަ ދަރުސެއް މިރޭ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ދަނޑުގައި ބާއްވަން ނިންމައިފިއެވެ.

"ހަޔާތުގެ މަގުސަދު" ނަމުގައި ބާއްވާ މި ދަރުސްގައި ތަގްރީރު ކުރައްވާނީ ސަލަފްގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަހުމަދު ސަމީރުއެވެ.

އެހުންތެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އެކު ބާއްވާ މި ދަރުސް އަކީ ރަމަޟާން މަސް އިހްޔާ ކުރުމުގެ ގޮތުން އެޖަމިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާއްވާ ފުރަތަމަ ދަރުސްއެވެ. އަދި މިއީ 2016 ވަނަ އަހަރު ޖަމިއްޔާ އުފެއްދި ފަހުން އެޖަމިއްޔާއިން ކުރިއަށް ގެންދާ ފުރަތަމަ ހަރަކާތެވެ.

ހިލާލު ޖަމިއްޔާއިން ބުނީ މިރޭ 9:15ގައި ކުރިއަށް ގެންދާ މި ދަރުސަށް ދެ ރަށުގެ ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެން ދެއްވުމަށެވެ.