"ޒިޔާރަތް މިސްކިތް" ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވާފައިވަނީ މިއަދު މެންދުރު ނަމާދު ވަގުތަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެވެ.
މި މިސްކިތަކީ ޔުނިވާސަލް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކުރައްވާފައިވާ މިސްކިތެކެވެ. ޒިޔާރާތް މިސްކިތަކީ ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ޖާގައިގެ ގޮތުން 1200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ މިސްކިތެކެވެ.
މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މިސްކިތުގައި ކުރި ހުކުރު ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.