Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

"އައްނޫރުލް މުބީން" ކުުވައިތުން ކާމިޔާބުކޮށްފި

"އައްނޫރުލް މުބީން" ގެ ނަމުގައި ރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ނަތީޖާފާޅުކޮށް ވަނަވަނައަށް އައި ބައިވެރިންނަށް އިނާމް ދީފިއެވެ.

އިސްލާމީ މަރުކަޒުގައި ރޭ ބޭއްވެވި ޖަލްސާގައި މުބާރާތުން ވަނަ ވަނައަށް އައި ފަރާތްތަކަށް ހަނދާނީ ފިލައާއި، ސެޓްފިކެޓާއި، އިނާމު ދެއްވާފައިވެއެވެ. މުޅި މުބާރާތުން 1 ވަނައަށް ހޮވުނީ ކުވެއިތުގެ ބައިވެރިޔާ ޢަބްދުﷲ މުޙައްމަދު ކާޘިމް މުޙައްމަދު ކާޘިމް އަލް ޚައްޔާތަށެވެ.

އޭނާ އަށް އިނާމާއި ތައްޓާއި، ސެޓްފިކެޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އެވެ.

މީގެއިތުރުން ރޭގެ ޖަލްސާގައި ރަމަޟާންމަސް އިޙްޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދަވާ ދަރުސް ދެއްވުންވެސް އޮތެވެ. ރޭގެ ދަރުސް ދެއްވީ މުފްތީ އިސްމާޢީލް މެންކްއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަށް ބޭއްވި "އައްނޫރުލް މުބީން" ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި، އިސްލާމިކް މިނިސްޓްރީއާއި، ޕަބްލިކް ސާރވިސް މީޑިއާ ގުޅިގެންނެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ސޫދާނާއި، ތުރުކީއާއި، ސަޢުދީ ޢަރަބިއްޔާއާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ކުވެއިތާއި، މިޞްރާއި، ބަންގްލަދޭޝް ހިމެނެއެވެ.

މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ސޫދާނާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ޔަމަނާއި ރާއްޖޭގެ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ 5 ބޭފުޅުންގެ ޕެނަލެކެވެ.