Last Updated: April 24, 12:03
Wednesday, April 24, 2024
ޚަބަރު

ސީއައިއޭގެ ފުރަތަމަ އަންހެން ޑިރެކްޓަރަކަށް ޖީނާ

ސީއައިއޭގެ ޑިރެކްޓަރު ކަމަށް އައްޔަން ކުރި ފުރަތަމަ އަންހެނަކަށް ޖީނާ ހާސްޕެލް -- ފޮޓޯ: ނިއު ޔޯކް ޑެއިލީ ނިއުސް

އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ ޑިރެކްޓަރު ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފިއެވެ.

އެ މަޤާމަށް އައްޔަންކޮށްފައި ވަނީ އެ އިދާރާގައި މަސައްކަތް ކުރައްވާތާ 33 އަހަރުވެފައިވާ ޖީނާ ހާސްޕެލް އެވެ.

އޭނާ އެމަޤާމަށް އައްޔަން ކުރަން ސެނެޓުގެ 54 މެމްބަރުންގެ ވޯޓު ދެއްވިއިރު، އެކަމާ ދެކޮޅަށް 45 މެމްބަރުން ވޯޓު ދެއްވިއެވެ.

ހާސްޕެލްއާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެމްބަރުންނާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ވޯޓު ދެއްވީ، 2001ވަނަ އަހަރުގެ ސެޕްޓެމްބަރު އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކަށް ފަހު ސީއައިއޭއިން ކުރިއަށް ގެންދިޔަ އިންޓެރޮގޭޝަން ޕްރޮގްރާމްތަކުގައި އޭނާ އަދާ ކުރެއްވި ދައުރާ ގުޅިގެންނެވެ.

އަދި އޭނާއާ އެއްކޮޅަށް ވޯޓު ދެއްވި ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރުން ވިދާޅުވި ގޮތުގައި އޭނާއަށް ވޯޓު ދޭން ނިންމެވީ އަނިޔާވެރި އިންޓެރޮގޭޝަން ޕްރޮގްރާމްތައް ބޭނުން ނުކުރައްވާނެ ކަމަށް ހާސްޕެލް ވިދާޅުވުމުންނެވެ.

ޖީނާ ވަނީ ތައިލެންޑުގައި ހުންނަ ސީއައިއޭގެ އޮފީހުގެ ވެރިޔާގެ މަގާމު ވެސް އަދާކޮށްފައެވެ.