ޤައުމަށް ޚިދުމަތް ކުރެއްވުމުގައި އުމުރު ހޭދަކުރެއްވި ބޭފުޅުން ހައްޔަރުކޮށްގެން އުޅެން މިސަރުކާރުން ލަދު ގަންނަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
ޑރ. މަޖީދު މިހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
Qaumah khidhumaiy kurehvumugai umuru heydha kurahvaafaiva @maumoonagayoom bandhukohgen ulhen sarukaru ladhugannan jehey. Koba #Israhvehin ge haqqu? @yumna_maumoon#FreeAllPoliticalPrisoners
https://t.co/3fMz88xona— Abdul Majeed A.Bari (@amajyd) May 17, 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުހައްގުން ޖަލުގައި ހައްޔަރުކޮށްފައިވާތާ 100 ދުވަސް ހަމަވުމާއި ގުޅިގެން "އަވަސް" ނޫހުން ރިޕޯޓްކުރި ލިޔުމަކާއެކު ކުރެއްވި އެ ޓްވީޓްގައި ޑރ. މަޖީދު ވިދާޅުވީ ޤައުމަށް ޚިދުމަތް ކުރެއްވުމުގައި އުމުރު ހޭދަކުރައްވާފައިވާ މައުމޫން އަބްދުލް ޤައްޔޫމް ބަންދުކޮށްގެން އުޅެން ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
"ދޫނުދެއްވާ ކޮން އެއްޗެއްގައިތޯ ހިފަހައްޓަވައިގެން އުޅުއްވަނީ؟" ޑރ. މަޖީދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
Dhoonudhehvaa kon ehcheh gai tho hifahahtavaigen ulhuvvani? Kuraha thuhumathakah iuthiraf vumaki dhoodhinumeh noon. E ee findikameh. @maumoonagayoom aki e ahvure hiyvarugadha beyfulheh.@yumna_maumoon#freeMaumoon #FreeAllPoliticalPrisoners https://t.co/BrxQSs4Z2p
— Abdul Majeed A.Bari (@amajyd) May 17, 2018
އަދި ކުރާހާ ތުހުމަތަކަށް އިއުތިރާފްވުމަކީ ދޫދިނުމެއް ނޫން ކަމަށާއި އެއީ ފިނޑި ޢަމަލެއް ކަމަށްވެސް ޑރ. މަޖީދު ވިދާޅުވި އެވެ. އަދި ޑރ. މަޖީދު ވިދާޅުވީ ރައީސް މައުމޫން އަކީ އެއަށްވުރެ ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން މީގެ ކުރިން ބުނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއާއި ވަކީލުން އެދުނު ނަމަވެސް އެކަމަށް އިޖާބަ ނުދީ މި ބަރަކާތްތެރި ރަމަޟާން މަހު ޖަލުގައި ބެހެއްޓުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.
ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ރައީސް މައުމޫނަށް ބޭނުންފުޅުވާ އެހީތެރިކަން ފޯރުކޮށްދެވޭނީ އާއިލާއާ އެކުގައި ހުންނެވުމުން ކަމަށްވާތީ އެމަނިކުފާނުގެ ބަންދަށް ލުޔެއް ދެއްވައި ގޭ ބަންދަށް ވިޔަސް ބަދަލު ކޮށްދެއްވުމަށް އާއިލާއާ ވަކީލުންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އެކި އިދާރާތަކުގައި ދެންނެވި ނަމަވެސް އެކަމަށް އިޖާބަދީފައެއްނުއެވެ.