Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ސްކޫލެއްގައި ބަޑި ޖަހައި ކުދިންތަކެއް މަރާލައިފި

Daily News via AP)

އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ސްކޫލެއްގެ ތެރެއަށް ވަދެ ބަޑި ޖަހައި، 10 މީހުން މަރާލައި ގިނަ ބަޔަކަށް އަނިޔާ ވެއްޖެއެވެ.

ސެންޓަ ފޭ ހައި ސްކޫލުގައި ބަޑި ޖަހައި މަރާލާފައިވަނީ ގިނައިން ސްކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސީއެންއެން އިން ސެންޓަ ފޭ ފުލުހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 10 މީހަކު މަރުވެފައިވާކަން ކަށަވަރު ވެފައިވާ ކަމަށެވެ.

ބަޑި ޖެހި އެކަކު ހައްޔަރުކޮށްފައިވާއިރު އަނެއް މީހާ ފުލުހުން މިހާރު އަތުލާފައިވާ ކަމަށް ޚަބަރު ލިބެއެވެ. އޭނާ ހައްޔަރުކުރަން އުޅެނިކޮށް ފުލުހަކަށް ވެސް އަނިޔާވެފައިވާ ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ވަނީ އެސަރަހައްދުން ގޮވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް އެއްޗެހި ތަކެއް ވެސް ފެނިފައިވާ ކަން ހާމަކޮށްފައެވެ. އަދި އެ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މިހާދިސާ މިހާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނައިބު ރައީސް މައިކް ޕެންސަށް އަންގާފައިވާއިރު ޓްރަމްޕް ވަނީ އެކަމަ ގުޅޭ ގޮތުން ޓުވީޓެއްވެސް ކުރައްވާފައެވެ. އެމެރިކާގެ ފްލޮރިޑާގައި ވެސް ދާދި ފަހުން ސްކޫލެއްގައި ބަޑި ޖަހައި އެތައް ކުދިންތަކެއް ވަނީ މަރާލާފައެވެ.