Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

ނަޖީބު އެންޓި ކަރަޕްޝަން ކަމިޝަނަށް ހާޒިރު ކުރަނީ

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އެގައުމުގެ އެންޓި ކަރަޕްޝަން ކަމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.

އާރާއި ބާރުގައި ވެރިކަން ކުރަމުން ދަނިކޮށް ނަޖީބު ވަނީ ނިމިގެން ދިޔަ އާއްމު އިންތިހާބުގައި ބޮޑުތަނުން ބަލިވެފައެވެ. އެއާއި އެކު ނަޖީބު އާއި ދެކޮޅަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތަހްގީގުވަނީ ފެށިފައެވެ.

ވެރިކަމަށް ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ހޮވި ވަޑައިގަތުމާއި އެކު ނަޖީބުގެ ކަރަޕްޝަން މައްސަލަތައް ވަނީ ބަލަން ފަށާފައެވެ. އެގޮތުން ނަޖީބު ދިރިއުޅުއްވާ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ސާމާން ހޯދާފައެވެ. މެލޭޝިއާގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އެގައުމުގެ ސިފައިން ވަނީ ނަޖީބްގެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާ އާއި އަގުހުރި ސާމާން ހިމެނޭ 600 ހާ ފޮށި ގެންގޮސްފައެވެ.

ނަޖީބުގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުގައި އޭނާ އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިފަހަރުގެ އިންތިހާބްގައި ނަޖީބަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އިންވެސްޓްމަންޓް ބޭންކް 1އެމްބީޑީގެ ބޮޑު ކޮރަޕްޝަނެވެ. އެ ބޭންކުން ވަނީ ނަޖީބުގެ އަމިއްލަ އެކައުންޓަށް ވެސް 700 މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ