ވ އަތޮޅުން ފެށިގެން ސ އަތޮޅާއި ހަމައަށް މޫސުމް ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
ގައުމީ މޫސުމާއި ބެހޭ އިދާރާއިން ބުނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 ގެ ނިޔަލަށް މި ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރިނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނށަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އައްޑޫއަށް މިހާރުވެސް ބޯކޮށް ވާރޭ ވެހެމުން އަންނަ އިރު އެކި ހިސާބުތަކުގައި ދަނީ ފެން ބޮޑުވަމުންނެވެ.