ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
ލަންކާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ބާރީގެ އާއިލާއިން ބުނީ ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން އަންނަ އިރު އަދިވެސް އޮތީ އިންޑިއުސް ކޯމާއެއްގައި ކަމަށެވެ.
ޑރ. ބާރީއަކީ މީގެ ކުރިންވެސް ލޭގެ ޕްރެޝަރު މަތި ބޭފުޅެއްކަމަށާއި، އަބަދުވެސް ބަރާބަރަށް ބޭސް ބޭނުންކުރައްވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މީޓިންއަކަށް ލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް އިއްޔެ ހެނދުނު ހޮޓަލުގެ ކޮޓަރީގެ ފާހާނާ ތެރެއަށް ވެއްޓިފައި އޮއްވައި ފެނިގެން ހޮސްޕިޓަލަށް ގެންދިޔަގޮތަށް ބާރީ އަށް ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. އަދި މިހާރު އާއިލާ ބޭފުޅުން ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
ބާރީގެ އާއިލާއިން ވަނީ މިވަގުތު ވިހާވެސް ގިނަ ބޭފުޅުން އެމަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.