Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޝާހީ ކައިވެނި ބަލާލަން މިލިއަނެއްހާ މީހުން މަގުތަކަށް

އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީއާއި އެމެރިކާގެ މަޝްހޫރު އެކްޓްރެސް، މެގަން މާކަލްގެ ކައިވެނި ބަލާލުމަށް އިނގިރޭސި ވިލާތުގެ ލަންޑަނުގެ މަގުތަކަށް އެތައް ބަޔަކު ނިކުމެ މަގުތައް ފުރާލައިފިއެވެ.

ޝާހީ ކައިވެންޏަށް ގަނޑުވަރަށް އާންމުންގެ ތެރެއިން 1،200 މީހުންނަށް ދައުވަތު އަރުވާފައިވާއިރު ދައުވަތު ނުލިބޭ އެތައް ލައްކަ ބަޔަކު ވަނީ މަގުތަކަށް ނިކުމެ ޕްރިންސް ހެރީއާއި މެގަންގެ އުފަލުގައި ބައިވެރިވުމުގެ ގޮތުން މަގުތަކަށް ނިކުމެފައެވެ. ބައެއް މީހުން ވަނީ މަގުތަކުގައި ރޭ ޓެންޓު ޖަހައިގެން ނިދާވެސް ހަދާފައެވެ.

ރާއްޖެ ގަޑިން މިއަދު ހަވީރު 5:00 ގައި ބޭއްވޭ މިކައިވެނި ހަފްލާއަށް ޝާހީ އާއިލާއިން ވަނީ މަޝްހޫރު ތަރިންނާއި ފާހަގަކޮށްލެވޭ ސިޔާސީ ފަރާތްތަކަށް ދައުވަތު އަރުވާފައެވެ.

ޝާހީ ކައިވެނި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެލުމަށް ތައްޔާރު ވަމުން އަންނައިރު ރިޕޯޓުތައް ބުނާ ގޮތުގައި ޓީވީއިން ވެސް މިކައިވެނި ގާތްގަނޑަކަށް ތިން މީހުން ބަލާނެ ކަމަށެވެ.

ސެއިންޓް ޖޯޖް ޗާޗުގައި ބާއްވާ މިކައިވެންޏަށް ޗާޗަށް ވަނުމަށް 600 ފަރާތަކަށް ވަނީ ދައުވަތު އަރުވާފައެވެ. ކައިވެންޏަށް އެންމެ ފަހުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރާނީ އެލަޒަބަތްއެވެ. ރާނީ ކައިވެންޏަށް ވަޑައިގަންނަވާނީ އިނގިރޭސި ގަޑިން 11:52 ގައެވެ.