Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

މިއަދު ފިތުރު ޒަކާތް ބަލައި ގަންނަން ފަށަނީ

މި އަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައި ގަންނަން މިއަދު ފަށާނެ އެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:30 މެންދުރު 1:00 ޖަހަންދެނެވެ.

އައްޑޫގައި ޒަކާތް ބަލައި ގަންނަ ތަންތަން:

* ހިތަދޫ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، އައްޑޫސިޓީ ޔުނިޓް

* މަރަދޫ/ސ.މަރަދޫފޭދޫ: ތަދްރީސުލް ޤުރުއާން (ސ.މަރަދޫ)

* ފޭދޫ: ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ސާރވިސް ޑިޕާރޓްމަންޓް (ސ.ފޭދޫ)

* ހުޅުދޫ/ސ.މީދޫ: ނަސްރިއްޔާ ޕްރީސްކޫލް (ސ.ހުޅުދޫ)

އައްޑޫގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ:

* އާދައިގެ ހަނޑުލުން ނަމަ މީހަކަށް 13.50ރ.

* ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 35ރ.

* ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 78ރ.

އޮންލައިންކޮށް ވެސް މިހާރު ފިތުރު ޒަކާތް ދެއްކޭނެ އެވެ. ޒަކާތް ބަލައި ގަތުން ކުރިއަށް ދާނީ މި މަހުގެ 13 އާ ހަމައަށެވެ.