Last Updated: June 11, 22:21
Thursday, June 11, 2026
ކުޅިވަރު

ޗެލްސީ އެފްއޭ ކަޕް ކާމިޔާބުކޮށްފި

ޗެލްސީ ތަށި އުފުލާލަނީ: ފޮޓޯ - ދަ ގާޑިއަން

އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު 0-1 އިން ޗެލްސީ ކާމިޔާބުކޮށް މުބާރާތް ކާމިޔާބުކޮށްފިއެވެ.

އިނގިރޭސި ގައުމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅުނު މިމެޗުގެ ހަމައެކަނި ގޯލު، ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޑެން ހަޒާޑް ޖަހާފައިވަނީ ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުންނެވެ. ހަޒާޑު އޭރިޔާ ތެރެއަަށް ވަދެފައިވަނިކޮށް ޔުނައިޓެޑު ޑިފެންޑަރ ފިލް ޖޯންސް އޭނާ ވައްޓާލުމުން ރެފްރީ ވަނީ ޕެނަލްޓީ ޗެލްސީއަށް ދީފައެވެ.

ގޯލަށް ފަހު ޗެލްސީން ޑިފެންސަށް އިސްކަން ދީގެން ކުޅެފައިވާއިރު މުޅި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޔުނައިޓެޑެވެ. ނަމަވެސް އެންޓޯނިއޯ ކޮންޓޭގެ ޑިފެންސް ލައިނުގެ މައްޗަށް މޮރީނިއޯގެ ފޯވާޑް ލައިނަށް ކުރި ހޯދިފައެއް ނުވެއެވެ.

ޔުނައިޓެޑުން ގޯލާ އަމާޒުކޮށް 5 ހަމަލާ ރޭގެ މެޗުގައި ފޮނުވާފައިވާއިރު ގޯލާ އަމާޒުނުވެ 13 ހަމަލާއެއް ވަނީ ގޮސްފައެވެ.