Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ތިން އަހަރަށް ފަހު ލަބާން މިނިވަންކޮށްފި

ލަބާން މިނިވަން ކުރުމުން އާއިލާއާ އެކު: ފޮޓޯ - ރާއްޖެ އެމްވީ

އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާ ގައި ފުލުހަކަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އިބްރާހިމް ލަބާން މިއަދު މިނިވަން ކޮށްފިއެވެ.

ފުލުހަކަށް ހަމަލާދިން ކުށް ސާބިތުވެ ލަބާން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުގައެވެ.

އީގަލްސް ފުޓުބޯޅަ ކުލަބުގެ ކީޕަރަކަށް ކުޅެމުން އައި ލަބާން ފުލުހުން ހައްޔަރުކުރީ 2015 ވަނަ އަހަރުގެ މޭ މަހުގެ ފަސް ވަނަ ދުވަހު އީގަލްސްގެ ޕްރެކްޓިސްގައި ބައިވެރިވުމަށް ބޯޅަ ދަނޑުގައި ހުއްޓައެވެ.

ލަބާންގެ އާއިލާއިން މައުލޫމާތު އޭނާ މިނިވަން ކުރީ ޕެރޯލްގެ ދަށުންނެވެ. ލަބާންގެ އިތުރުން ފަސް މީހަކު މިމައްސަލާގަިއ ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ.

އެއީ ލ. ގަން އެއްގަމުގެ ނާސިރާ އަލީ އާއި ގ. ބްލޫވޭވް ފަރުހަތު އަލީ އާއި ގ. ކީމާ އަބްދުﷲ ރަޝީދާއި ގދ. ގައްދޫ ނީލޯފަރުމާގެ އުމަރު ގާހިރުގެ މައްޗަށެވެ. މީގެ ތެރެއިން ލ. ގަމު، ނާސިރާއަށް ވެސް އޭޕްރީލް، 2017 ގައި ވަނީ މާފުދީފަ އެވެ.

އޭގެ ތެރެއިން ނާސިރާ އަލީ މިދިޔަ އަހަރުގެ އެޕްރިލް މަހު މިނިވަން ކޮށްފައިވާއިރު އަބްދުﷲ ރަޝީދު ވަނީ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވެފައެވެ.