ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ޕަބްލިކް ރިލޭޝަންސް (ޕީއާރް) އޮފިސަރަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައިވާ ގޮތުން އެ މަގާމަށް ޝައުގުވެރިވާ މީހުންނަށް، ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ޕިއާރްގެ މަގާމުގެ މުސާރައަކީ މަހަކު 5،610ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2،000ރ. ލިބޭނެ އެވެ. އަދި އިތުރު އެލަވަންސްތަކުގެ ތެރޭގައި ބޭސް ފަރުވާގެ ޚިދުމަތް، ޕެންޝަން ކޮންޓްރިބިއުޝަން، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ ރިސްކް އެލަވަންސް ހިމެނެ އެވެ
މަގާމުގެ ޝަރުތަކުގެ ތެރޭގައި ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމެންޓް، މާރކެޓިންގް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެ އެވެ.
އިތުރު މައުލޫމާތު 6885046 އާއި 6885045 ނަންބަރު އިން ލިބޭނެ އެވެ.