Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ޑރ. މަޖީދުގެ ހާލު ވަރަށް ސީރިއަސް

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބަރީގެ ސިއްހީ ހާލުކޮޅު ވަރަށް ދެރަވެ މިވަގުތު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަޖީދުގެ ސިއްހީ ހާލުކޮޅު ވަރަށް ސީރިއަސްކަމަށް އާއިލާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މަޖީދުގެ ސިއްހީ ހާލުކޮޅު ދެރަވީ އަވައްޓެރި ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިގެންނެވެ. މިދިޔަ ހުކުރު ދުވަހު ސްޓްރޯކެއް ޖެހުމާއި ގުޅިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ގޮތަށް އިއްޔެ ކޮންމެވެސް ވަރަކަށް ހާލު ރަނގަޅުވި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވީކަމަށް މައުލޫމާތު ލިބެއެވެ.

ގުރުއާން ތަފްސީރުގެ ރޮގުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި މަޖީދުއަކީ ރާއްޖެ އުފެދުނު އެންމެ ބޮޑު އެއް އިލްމުވެރިޔާއެވެ.