Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނޫރައްދީންގެ ޤުރުއާން މުބާރާތަށް ފުރުސަތު ހުޅުވާލައިފި

މީދޫ ނޫރައްދީން އިންވެސްޓްމަންޓުން ބާއްވާ ދެވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ ރޯދަ މަދަ މަހުގެ 27 ވަނަ ވިލޭރޭ ފަށަން ހަމަޖެހިފައިވ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސްކޫލްތަކުގެ ދަރިވަރުންނަށް މި މަހުގެ 24 ގެ ވަނަ ދުވަހުން ފެށިގެން ފޯމް ދޫކުރަމުން ގެންދާނެ ކަމަށެވެ.

ފޯމް ލިބެން ހުންނާނީ ހުޅުދޫ ސްކޫލާއި މީދޫ ޝަމްސުއްދީން ސްކޫލާއި އަތޮޅު މަދަރުސާގެ އިތުރުން ޝަރީފީ ޕްރީ ސްކޫލުންނެވެ.

ނޫރައްދީން އިންވެސްޓްމަންޓުން ބުނީ މިދިޔަ އަހަރު މުބާރާތުގެ ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދި ދަރިވަރުންނަށް އަލުން މުބާރާތުގައި ބައިވެވޭނީ ތިން އަހަރު ފަހުން ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދީ އާއިޝަތު ލީޝް ހަމީދު އެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން އެއް ވަނަ މުހައްމަދު ރައްޔާން މައުސޫމް އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 9990155 އިން ލިބޭނެ އެވެެ.