* ބޭނުންވާ ތަކެތި:
6 ފޮތި ޕާން
1 ބިސް (ގިރާފައި)
ބޯންލެސް ޗިކެން ބްރެސްޓް (ކައްކާފައި)
ފާރޮށި ކުނޑި
3 ޗީޒް ސްލައިސް
1 ފިޔާ (ވަށްކޮށް ކޮށާފައި)
2 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
ލެޓިއުސް
މަޔޮނައިޒް
* ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ޕާން ފޮތިތައް ވަތްކޮށް ކަފާށެވެ. އެއަށް ފަހު ކުކުޅު ކުދިކޮށް ކޮށައިލާށެވެ. ޕާން ފޮތީގައި މަޔޮނައިޒް އުނގުޅުމަށް ފަހު އޭގެ މައްޗަށް ކުކުޅު އަޅާލާށެވެ.
ދެން އޭގެ މަތީގައި ޓޮމާޓޯ އަދި ލެޓިއުސް ފަތުރާލާށެވެ. އެއަށް ފަހު މަތީގައި ޕާންފޮއްޗެއް ބޭއްވުމަށް ފަހު ބިހުގެ ތެރެއަށް ސޭންްޑްވިޗް ލާށެވެ.
ސޭންޑްވިޗްގައި ބިސް އުނގުޅުމަށް ފަހު ނަގައި ފާރޮށި ކުނޑި އުގުޅައިލާށެވެ. ބޭނުން ނަމަ ތެލުލައިގެން ނުވަތަ ފިހެގެން ވެސް ކެވިދާނެ އެވެ.