Last Updated: May 5, 21:32
Sunday, May 5, 2024
މުނިފޫހިފިލުވުން

"އައި ޑޯންޓް ލަވް ޔޫ"

ސިއްރުން ކެމެރާކޮށް އަންހެން ކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގުމަށް ފަހު އެ ވީޑިއޯ އިންޓަނެޓްގައި އާންމު ކުރުމުން ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "އައި ޑޯންޓް ލަވް ޔޫ" އަންނަ މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ

މީގެ ކުރިން ވެސް ބައެއް ފިލްމްތަކުން ފެނިފައިވާ ރުސްލާން މުމްތާޒް ލީޑް ރޯލް ކުޅެފަައިވާ "އައި ޑޯންޓް ލަވް ޔޫ" ގެ ބަތަލާއަކީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފްވާ ޗެތުނާ ޕާންޑޭ އެވެ. މި ފިލްމްގައި ރުސްލާން އާއި ޗެތުނާ އާ ދެމެދު ހިނގާ ގުޅުންތައް އިންޓަނެޓްގައި އާންމު ކުރުމުން އެ ދެ މީހުންގެ ދިރިއުޅުމަށް އަންނަ ލޮޅުންތައް ފިލްމްގައި ވަރަށް ފުރިހަމަ އަށް ދައްކައި ދޭނެ ކަމަށް އެ ދެ މީހުން ވެސް ބުންޏެވެ.

ފިލްމްގެ ވާހަކަ ބިނާކޮށްފައި މި ވަނީ 2004 ވަަނަ އަހަރު ދިއްލީގެ ޔުނިވަސިޓީއެއްގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. އެ ހާދިސާގައި އަންހެން ކުއްޖާގެ ލޯބިވެރިޔާ އޭނާގެ މޫނު ކެމެރާ އަށް ނާރާ ގޮތަށް އަންހެން ކުއްޖާ އެކު ޖިންސީ ގުޅުން ހިންގައި އިންޓްނެޓްގައި އެ ވީޑިއޯ އާންމުކޮށްފައިވެ އެވެ.

މި ފިލްމަކީ އަމްރަޕާލީ މީޑިއާ އާއި އަނިލް ކުމާރް ޝަރްމާ އާއި ޕައްލަވީ މިޝްރާ ކޯ ޕްރޮޑިއުސްކޮށް އަމިތު ކަސާރިއާ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ދާދި ފަހުން މިއުޒިކް ވެސް ލޯންޗްކޮށްފައިވާ "އައި ޑޯންޓް ލަވް ޔޫ" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕައްލަވީ ބުނީ މި ފިލްމްގެ އެންމެ ހާއްސަ ކަމަކަށް ވެގެން ދާނީ ފިލްމްގެ ސްކްރިޕްޓާއި މިއުޒިކްގެ އިތުރުން ލިރިކްސް ކަމަށެވެ. އެހެންވެ ބެލުންތެރިންނަށް ި ފިލްމް ވަރަށް ބޮޑަށް ކަމުދާނެ ކަމަށެވެ.

އޭނާ ބުނީ މި ފިލްމަކީ ޒުވާނުންނަށް ވަރުގަދަ މެސެޖެއް ވެސް ދޭނެ ފިލްމަކަށް ވާނެ ކަމަށެވެ.