Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ޑެންގީ ހަލުވިކޮށް ފެތުރެނީ، ސަމާލުވޭ!

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގައި ބަަޔަކު މަޑު ކޮށްލައިގެން. ފޮޓޯ: އައްޑޫލައިވް

މިދުވަސްކޮޅު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުމާއި އަރިދަފުސް ރޯގާގެ އިތުރުން ވައިރަލް ހުން ބާރަށް ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްކޮޅު ބަލި ފެތުރުން އަވަސްކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، ހުމުގެ އަސަރެއްކޮށްފި ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށެވެ.

ހުން ޖެހިގެން ކެއްސައި ކިބިހި އަޅާ ނަމަ އަގަމަތި ނިވާކުރުމާށާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމަޔަށް އެއްލާނުލުމަށާއި، ހުމާއި ރޯގާގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ މާބަނޑު މީހުން އަދި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެެއްކުމަށް ވެސް ހެލްތު ޕޮރޮޓަކްޝަން އެޖެންސީ އިން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް މިިދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން މަދިރީން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ފަހަކަށް އައިސް ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން ގިނަ ވުމާއި ގުޅިގެން އޭޑީކޭގައިވަނީ ފުލޫ ކްލިނިކެއްވެސް ގާއިމްކޮށްފައެވެ.