Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ޝެޑިއުލާ އެއްގޮތަށް ޕްރައިމަރީ ބާއްވާނެ: އެމްޑީޕީ

އަންނަ ރިޔާސީ އިންތިހާބްގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީ ޝެޑިއުލް އާއި އެއްގޮތަށް ބާއްވާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

ރާއްޖެޓީވީގެ 60 މިނިޓްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ މޭއި 30 ވަނަ ދުވަހުގެ ރޭ 9 އިން ދަންވަރު 1 ޖެހުމާއި ހަމައަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޮންނާނެކަމަށެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުގައިވެސް ވޯޓުލުން ކުރިއަށް ގެންދާނެކަމަށެވެ. މިފަހަރުގެ ޕްރައިމަރީގައި ރާއްޖޭން ބޭރުގައި އެމްޑީޕީން ވޯޓުލެވޭ ގޮތް ހަދާފައިވަނީ އަވައްޓެރި ލަންކާގެ ކޮލަމްބޯ އާއި ކެންޑީގެ އިތުރުން މެލޭޝިއާގެ ކުއާލަލަންޕޫރާއި އިންޑިއާގެ ޓްރަވިންޑްރަމްގެ އިތުރުން ބެންގަލޫރު އަދި އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

އެމްޑީޕީގެ ޕްރައިމަރީ ތާވަލާއި އެއްގޮތަށް ބާއްވަން މަސައްކަތް ކުރަމުން އަންނައިރު އިއްޔެ އިލެކްޝަން ކަމިޝަނުން ނެރުނު އިއްލާނެއްގައި ބުނެފައިވަނީ ކުށްވެރިއަކަށް ރިޔާސީ ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭނެކަމަށާއި، އެފަދައިން ބާއްވާ އިންތިހާބެއް ބާޠިލް ކުރާނެކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ނަޝީދު ވިދާޅުވީ އީސީން ނެރުނު އިއްލާނަކީ ގާނޫނީ ބުރަދަނެއް ނެތް "ހާސަރު" ތަކެއްކަމަށެވެ.