ރާއްޖޭ ހުރިހާ ސްކޫލްތަކެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ކިޔަވައިދިނުމަށް ބޭނުންވާ ޓެބްލެޓް ޓީޗަރުންނާއި ހަވާލުކުރަން ފަށައިފިއެވެ.
އިސްކަންދަރު ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްކޫލްގެ ހުރިހާ ޓީޗަރުންނާއި ޓެބްލެޓް ވަނީ ހަވާލުކޮށްފައެވެ. ޓެބްލެޓް ޓީޗަރުންނާއި ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމްއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނާއި ދަރިވަރުންނަށް ބޭނުންވާ ޓެބްލެޓްގެ ތެރެއިން 10،000 ޓެބެލެޓް މިހާރު ރާއްޖެ ގެނެސްފައިވާ އިރު މިހަފްތާ ތެރޭގައި މާލޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނާއި ޓެބްލެޓް ހަވާލު ކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
#live Minister Dr @aishathshiham handovers tablets to teachers of @Iskandhar_MV School. pic.twitter.com/kit26BvX4f
— Ministry of Education (@EducationMV) May 21, 2018
ގާތްގަޑަކަށް 200 މިލިއަން ހަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން މިއަހަރުގެ ދެވަނަ ޓާމް ކިޔެވެން ފެށެންވައިރަށް ސްކޫލްތަކަށް ޓެބްލެޓް ފޯރުކޮށްދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީންވަނީ ޓެބްލެޓްތަކަށް ޓީޗަރުން އަހަުލުވެރި ކުރުވުމަށް ހާއްސަ ތަމްރީނުތަކެއް ދީފައެވެ.