Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"24 ގަޑި އިރު" އޮކްޓޯބަރު މަހު ސްކްރީނަށް

"24 ގަޑިއިރު" ގެ މަންޒަރެއްގައި ޔޫއްޕެ އާއި ސާރާ. ފޮޓޯ/ "24 ގަޑިއިރު" އެފްބީ ޕޭޖް

މަސައްކަތް ނިމިފައި އޮތް ނަމަވެސް އޮލިމްޕަސް ނުލިބިގެން ސްކްރީން ނުކުރެވިފައިވާ ފިލްމް "24 ގަޑި އިރު" އޮކްޓޯބަރު މަހުގެ ތެރޭގައި ޕްރީމިއާ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ފިލްމްގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނެފި އެވެ.

ވީޓީވީގެ "ސިނަމާ" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝަފީގް ބުނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އައިމިނަތު އާޒިފާ (އަޒޫ) ގެ އިތުރުން އޮސްޓްރިއާގެ ބަތަލާއެއް ކަމަށްވާ ސާރާ ލީޑް ރޯލް ކުޅެފައިވާ "24 ގަޑި އިރު" ބެލުންތެރިންނާ ހަމައަށް ނުގެނެވި މިހާ ބޮޑަށް ދިގުލައިގެން ގޮސްފައި ވަނީ އޮލިމްޕަސް ނުލިބިގެން ކަމަށެވެ.

އޭނާ ތުހުމަތު ކުރި ގޮތުގައި އޮލިމްޕަސް ބަލަހައްޓާ އެންްސީއޭ އިން ދަނީ ވަކި ޕްރޮޑިއުސަަރުންތަކަކާ ދޭތެެރޭ ތަފާތު ކުރުންތައް ގެންގުޅެމުންނެވެ. އެހެންވެ އެކި ފަހަރު މަތިން ތަކުރާރުކޮށް އޮލިމްޕަސް ހޯދަން އެދި ސިޓީ ލައިގެން ވެސް އެކަން ހަމަނުޖެހި ދިގުލައިގެމން ދިޔައީ ކަމަށް ޝަފީގް ބުންޏެވެ.

"އެހެން ނަމަވެސް މިހާރު އޮކްޓޯބަރު 30 ވަނީ އަޅުގަނޑުމެންނަށް ދޫކުރާނެ ކަމަށް އަންގާފައި. އެހެންވީމާ އެ ތާރީހުން ފެށިގެން ފިލްމް ދައްކަން މިހާރު ނިންމާފައި ވަނީ،" ޝަފީގް ބުންޏެވެ. "އެކަމަކު ކަންތައްްތައްދާ ގޮތަށް ބަލާ އިރު އެ ޑޭޓާ މެދު ވެސް އަދި މުޅިން ގެރެންޓީއެއް ނެތް."

މަޑުލު މުހައްމަދު ވަހީދުގެ ސްކްރީންޕްލޭއަކަށް ދަރާ މުހައްމަދު ރަޝީދު ޑައިރެކްޓްކޮށްފައިވާ "24 ގަޑި އިރު" ގައި ދައްކުވައި ދޭނީ އާއިލީ އަދި އިޝްގީ ލޯބީގެ އަސަރު ގަދަ ހާދިސާތަކެއް ކަމަށްވެ އެވެ.

މި ފިލްްމްގެ ބައެއް ޑައިލޮގްތައް ގެނެސް ދޭނީ އިނގިރޭސީންނެވެ. އަދި އިނގިރޭސި ލިރިކްސް ހިމެނޭ ޕްރޮމޯޝަނަލް ލަވައެއް ވެސް ފިލްމްގައި ހިމަނާފައިވެ އެވެ.

"24 ގަޑި އިރު" އަކީ 2011 ވަނަ އަހަރު ޝަފީގް ޕްރޮޑިއުސްކޮށް ގެނެސް ދިން "އިންސާފު" އަށް ފަހު އޭނާ ގެނެސްދޭ ދެވަނަ ފިލްމެވެ.